ރައީސް ސޯލިހުއަށް ފުވައްމުލައް ސިޓީން ހޫނު މަރުހަބާއެއް

eaa9fc57-7832-40c7-8f2e-343052f60f4b

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފުވައްމުލައް ސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެކުގައެވެ. އަދި ރައީސް ސޯލިހު ފުވައްމުލަކަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ނައިބްރައީސް ފައިސަލް ނަސީމްއެވެ.

ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭނުގައި މިހާތަނަށް ވ.އަތޮޅާއި، މ.އަތޮޅާއި، ށ.އަތޮޅާއި، ހއ.އަތޮޅު އަދި ކ.އަތޮޅަށް ދަތުރުކޮށްފައިވާއިރު، ވ.އަތޮޅާއި މ.އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *