ރައީސްގެ ވައުދު ށ.ޅައިމަގަށް: ކައުންސިލް އިމާރާތަކާއި، ކުނިކޮށި ގާއިމުކޮށް މަގު ހަދައި، ރޯހައުސް އަޅައިދޭނަން

IMG_7249

ކުރިޔަށް އޮތް ދައުރުގައި ށ.ޅައިމަގުގައި އައު ކައުންސިލް އިމާރާތެއްގެ އިތުރުން ރޯހައުސް އަޅައި، ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް، މަގުތައް ޒަމާނީ ފެންވަރެއް ހެދުމުގެ އިތުރުން ކުނިކޮށްޓެއް ގާއިމުކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޅައިމަގަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ޅައިމަގު ރައްޔިތުން އެދޭ ގޮތަށް ލިބުނު ލިސްޓުގައި ހުރި ހުރިހާ ކަމެއް ކުރިޔަށް އޮތް ފަސް އަހަރު ކޮށްދޭނެ ކަމަށާއި، މިގޮތުން އަންނަ ދައުރު މަގުތައް ހަދައި، ކައުންސިލް އައު އިމާރާތެއް އަޅައި، ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ކުނި ކޮށްޓެއް ގާއިމުކޮށް ރޯހައުސް އަޅައިދީ ނިންމާނެ ކަމަށެވެ.

މި ސަރުކާރުން ޅައިމަގަށް މި ދައުރުގައި ކޮށްދޭން ބުނި ހުރިހާ ކަމެއް ފަށައިގެން ނިންމުން އަންނަ ކަމަށާއި، މިގޮތުން ބަނދަރާއި، ފުޓްސަލް ދަނޑު، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް، ސްކޫލަށް ކްލާސްރޫމްތައް އިތުރުކުރުން އަދި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ބޮޑު ތިލަދުންމަތި ނަގާނީ ބޮޑުކޮށް ކަމަށާއި، އޭގެ ތެރޭގައި ށ.އަތޮޅުވެސް ހިމެނިގެންދާނެ ކަމަށވެެ.

Leave a Reply

Your email address will not be published. Required fields are marked *