އޮންލައިކޮށް ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ބުދައިގެ ނިޔަލަށް އިތުރުކޮށްފި

IMG_2862-q0orb2im6rd3mvkbizwtmuehw4dtr7boc2nmmzrzbo

އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު 02 އޯގަސްޓްވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހގެ ނިޔަލަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގަ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވި މީހުން އޮޓެމެޓިކުން އޮންނާނީ މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފައެވެ،

Leave a Reply

Your email address will not be published. Required fields are marked *