މާފުށީ ޖަލުގައި 130 ޖާގައިގެ ތަނެއް ހަދަނީ

file_fxqcpp

މާފުށީ ޖަލުގައި 130 މީހުންގެ ޖާގައިގެ ތަނެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާލުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ އަށް ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއެކުވެސް މާފުށީ ޖަލަށް 220 ޖާގަ އިތުރު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީގައި ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މީގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *