މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

big_k9jxJZLCJ1JfcUelij7YVXvdH

މާލޭ ސިޓީން މީހަކު ގެއްލިގެން ހޯދަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ވީ ނުވީއެއް ނޭގި ގެއްލިގެން ހޯދަމުންދަނީ ލ.މާވަށު، ކުންނާރުމާގޭ، ޢުމުރުން 32 އަހަރުގެ، މޫސާ އަނީސްކަމަށާއި، އޭނާ ގެއްލިފައިވާކަމަށް ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވީ އަންގާރަ ދުވަހު ހަވީރުކަމަށެވެ.

މީގެއިތުރުން އެ މީހާ އެންމެފަހުން ފެނިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުކަމަށާއި، އޭގެ ފަހުން އޭނާގެ ހަބަރެއް ޢާއިލާއަށް ނުވާކަމަށް ފުލުހުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދާ މޫސާ އަނީސް ހޯދުމުގައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އަދި މިމީހާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *