އަމީނީ މަގު ސެގްމަންޓް 8 އަދި 9 ގައި ތާރު އަޅަން ފަށައިފި

F2dzaBGawAAIbvT

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.

އާރްޑިސީން ބުނީ، އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި މިހާރުވަނީ ތާރު އަޅަން ފެށިފައިވާ ކަމަށާއި، އެގޮތުން ރަށް ދެބައި ހިނގުން (އޮޑެގައްލާ ކައިރި) އިން ފެށިގެން މާފަތްތަކުރުފާނު މަގު (ސްޓޭޑިއަމްގެ އިރު އުތުރު ކަންމަތި) އާ ހަމައަށް ތާރު އެޅިގެންދާނެ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރުއުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 7 ސެގްމަންޓްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *