މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވައި، ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި

312841_b68e4243-3_

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާ އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުރައިދޫ ފެނަކަ އައު އިންޖީނުގެއާ އޮފީސް ހުޅުއްވައި ދެއްވައި ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެރަށަށް ވަޑައިގެންނެވެ.

މިއަދު ރައީސް ސޯލިހު ހުޅުއްވައި ދެއްވި، ފުޓުބޯޅަދަނޑަކީ، ޓަރފްއަޅައި ޒަމާނީފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ފެނަކައިން ހއ. މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620ކިލޯވޮޓް އެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ

ހއ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ، ކަނެކްޝަން ގުޅައިދީފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *