އުތީމު ހެލްތު ސެންޓަރު އައު އިމާރާތާއި، ސްކޫލް 4 ކްލާސްރޫމް ރައީސް ހުޅުވައިދެއްވައިފި

F2hxzA8bwAAJXEO

ހއ. އުތީމު ސިއްހީމަރުކަޒަށް އަލަށް އިތުރުކުރި ބައި އަދި އެރަށު ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެރަށަށް ވަޑައިގެން ހުޅުވައިދެއްވި އުތީމު ސިއްހީމަރުކަޒަށް އަލަށް އިތުރުކުރި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ޔުނިޓާއި ކައުންސިލިންގ ރޫމުގެ އިތުރުން ގަރާޖު ހިމެނެއެވެ.

މި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްގެންނެވެ. ޣާޒީ ބަންޑާރައިން ސްކޫލުގައި އިމާރާތްކުރި 4 ކްލާސްރޫމުގެ މަސައްކަތް ކޮށްފައި ވަނީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ސޯލިހު، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *