ޖޭޕީ އާއި އެމްއާރްއެމްއަށް ފުރުސަތު އެބަ އޮތް، ރަނިންމޭޓް މިރޭ ނޫނީ މާދަން ފައިނަލްވާނެ: ރައީސް

IMG_2335

ރިޔާސީ އިންތިހާބުގައި އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތުގެ ކޯލިޝަނާ ގުޅުމުގެ ފުރުސަތު ޖޭޕީ އާއި އެމްއާރްއެމްއަށް އަދިވެސް އެބަ އޮތް ކަމަށާއި، ރަނިންމޭޓް މިރޭ ނޫނީ މާދަން ފައިނަލްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހދ.ހަނިމާދޫގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައިވާ ޕާޓީތަކަށް މާދަމާއާ ހިސާބަށް ފުރުސަތު އޮންނާނެ ކަމަށާއި، އަދިވެސް އެ ޕާޓީތަކަށް ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަޅުގަނޑު ހަމަ އޯޕަން، ފައިނަލް ޑިޒިޝަން ނަގާނީ މާދަމާ. އެހާތަނަށް އަޅުގަނޑުމެން ތިބޭނަން. ހަމަ މަރުހަބާ ކިޔަން މިތިބީ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަނިންމޭޓް ކަނޑައެޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިރޭ ނޫނީ މާދަން ފައިނަލް ޑިޒިޝަނެއް ނެގޭނެ ކަމަށާއި، ރަނިން މޭޓް ކަމަށް ނަންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ރަނިން މޭޓް ކަނޑައެޅުމާ ގުޅޭޭގޮތުން މަޝްވަރާ ކުރުމަށްފަހު އެކަން ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *