ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އަޅަން ބަޔަކާ ހަވާލުކޮށްފި

Screenshot 2023-08-02 195626

ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކައުންޓްރީ ހެޑް ސަރުވަޖީތު ސިންގެވެ.

އެސްޑީއެފްސީން ބުނީ، މި މަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި 37 މަސް ތެރޭގައި 2،000 ހައުސިން ޔުނިޓް ނިންމާގޮތަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި ނިންމާ 2،000 ފްލެޓަކީ ތިން ކޮޓަރީގެ 1400 ފްލެޓާއި ދެ ކޮޓަރީގެ 600 ފްލެޓް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަޝްރޫއަށް 165 މިލިޔަން ޑޮލަރު ހަރަދުވާއިރު، ފައިސާގެ %85 ހަމަޖައްސާނީ ކޮންޓްރެކްޓާ-ފައިނޭންސް އުސޫލުން، ސޮވަރިން ގެރެންޓީގެ ދަށުން ކޭޕީއައިއެލް އިން ލޯނު ނަގައިގެންނެވެ. އަދި ބާކީ %15 ހަމަޖައްސާނީ އެފްޑީސީން ސަރުކާރުގެ ބަޖެޓު މެދުވެރިކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *