ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ހަވީރު 16:30 ގައި ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް ނޫސްވެރިންނާ ރައީސް ބައްދަލުކުރައްވަނީ ކޮންކަމަކާ ގުޅިގެންކަމެއް ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ އެންމެ ފަހުން ބައްދަލުކުރެއްވީ ޖޫން 8، 2022 ގަ އެވެ. އެހެންކަމުން މި ނޫސްވެރިންގެ ބައްދަލުވުން މި ބާއްވަނީ އެންމެ ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވިތާ 203 ދުވަސް ފަހުންނެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވަނީ މެދުނުކެނޑި ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކޮށް، ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
Post Views: 28