އަމީނީ މަގު ސެގްމަންޓް 8 އަދި 9 ގައި ތާރު އަޅައި ނިންމައިފި

F2g0GNSbsAALqlX

ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ނިންމާލައިފިއެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި އެއް ދުވަހުން ތާރު އަޅައި ނިންމާފައިވާ ކަމަށާއި، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރުއުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 7 ސެގްމަންޓްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *