ނޫސަންދަ އައްޑޫ ކުލިނިކު ހުޅުވައިފި

photo_2023_08_03_11_11_49_6461c9465d

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ”ނޫސަންދަ އައްޑޫ" ގެ ނަމުގައި ކުލިނިކެއް ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

ބުދަ ދުވަހު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި، ނޫސަންދަ ކުލިނިކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި ކުލިނިކުން މިހާރު ހިދުމަތްދޭން ފަށާފައިވާއިރު ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދެމުންދާނެ ކަމަށާއި، ހަމައެއާއެކު އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް އެ ކުލިނިކުން ފަރުވާދޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މި ކުލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުންގެންދާނެ ކަމަށާއި، އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްތައްވެސް ދެމުންގެންދާނެއެވެ.

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު ޚިދުމަތްދެމުންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށްވެސް މި ކުލިނިކުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *