އެމްޑަބްލިއުއެސްސީން މުރައިދޫގައި ފެނުގެ ހިދުމަތް ދޭން ފަށައިފި

F2hrvjKaQAAX4Ek

އެމްޑަބްލިއުއެސްސީ އިން ހއ.މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭން ފަށައިފިއެވެ.

މުރައިދޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަދި މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކައިގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫޢުގެ ދަށުން މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައިވާއިރު، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.

މީގެއިތުރުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބަހައްޓައި، މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ވަނީ ފޯރުކޮށްދީފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި މަޝްރޫއަށް 46.85 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *