ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އައްޑޫ އަސްލަމް ހަމަޖައްސައިފި

original_1666533700329

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑިޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިކަން އެމްޑީޕީން ވަނީ އޭނާއަށް އަންގާފައެވެ. އަދި އޭނާގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް އެމްޑީޕީން ވަނީ ކޯޓަށް ހުށަހަޅާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުލް ސައްތާރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަސްލަމްއަށް އެމްޑީޕީގެ ލީޑާޝިޕް އަދި ޕާޓީގެ މެމްބަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *