ފ.މަގޫދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އޮޕްޓިމަލް އިންވެސްޓްމަންޓް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަސް ތެރޭގައި ނިންމުމަށް ކަމަށްވާއިރު، މި މަސައްކަތަށް 3.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
މި މަސައްކަތް ނިމުމުން މަގޫދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލު ކުރެވޭނެއެވެ.
Post Views: 18