ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި މާދަމާ ގޮތެއް ނިންމަނީ

Raees-Yaameen-850x548-1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ގޮތުގައި ކަނޑައަޅުއްވާފައިވާ ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ރިޔާސީ ކެންޑިޑޭޓަކަށްވުމުގެ ޝަރުތު ޔާމީން ފުރިހަމަ ނުވާ ކަމަށް ނިންމާފައެވެ.

މިއާއެކު ކެންޑިޑެންސީގެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރޫމް ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ކުރިޔަށް ގެންގޮސް ނިންމާލާފައެވެ. އަދި މައްސަލައިގެ ހުކުމް ކުރުން މިވަނީ މާދަމާ ހެނދުނު 09:30 އަށް ތާވަލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *