އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

zwjsw1e5nhuohykugbff-1

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރުތު ހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން އަންނަ ރައީސް ޔާމީން ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ހަމަނުވާ ކަަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނިންމުމާއެކު، ޕީޕީއެމް އިން ވަނީ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސުޕްރޫމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ނިންމާލުމަށްފަހު މިއަދު ހުކުމްކުރިއިރު، ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައެވެ. އެއީ ރައީސް ޔާމީންއަކީ ޖިނާއީ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ފަރާތަކަށްވެފައި، ހުކުމާ ގުޅިގެން ދައްކަން ޖެހޭ 5 މިލިއަން ޑޮލަރު ނުދައްކައި އޮތުމުން، ސާބިތު ދަރަންޏެއް ނުދައްކާ އޮތުމަށްވެސް ބަލައިފައެވެ.

މިއަދު ހުކުމް ކުރަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތް ފަނޑިޔާރުން ޔާމީނުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިއްތިފާގުވުމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅުއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *