ޔާމީން އެދުނަސް، ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓްކުރަން ފާސްނުކުރި!

large_166094360265amsE

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދުމަށް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް ސެނަޓުގައި ނެގި ވޯޓު ކާމިޔާބެއް ނުވިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސެނަޓުގައި މިއަދު ރައީސް ޔާމީންގެ އެދުމަށް ނެގި ވޯޓުގައި އިންތިހާބު ބޮއިކޮޓް ކުރަން 46 ސެނަޓަރުން ވޯޓު ދެއްވިއިރު، އިންތިހާބު ބޮއިކޮޓް ނުކުރުމަށް 67 ސެނަޓަރުން ވަނީ ވޯޓު ދީފައެވެ.

މިއާއެކު ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުން ވަނީ ފާސްވާ ގޮތް ނުވެފައެވެ. އަދި ޕީޕީއެމް އިން ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމުގެ ލަފާ ރައީސް ޔާމީންއަށް އެރުވުމަށް ނިންމާފައެވެ.

ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހަޅުއްވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑެސީ ބާތިލް ކަމަށް ނިންމާފައެވެ. އަދި ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އީސީގެ ނިންމުމަށް ތާއީދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *