ރައީސްގެ ވައުދު ރިނބުދޫއަށް: ޒަމާނީ ހުކުރު މިސްކިތަކާއި، ވޮލީ ކޯޓެއް އަޅައިދޭނަން

IMG_8814

ކުރިޔަށް އޮތް ދައުރުގައި ދ.ރިނބުދޫގައި ޒަމާނީ ހުކުރު މިސްކިތެއްގެ އިތުރުން ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރިނބުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރިނބުދޫއަށް ސަރުކާރުން ގިނަ ކަަންކަން ކޮށްދީފައިވާ ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ދައުރުގައި ރަށުގައި ޒަމާނީ ހުކުރު މިސްކިތެއް އެޅުމުގެ އިތުރުން ޒުވާނުންނަށް ވޮލީ ކޯޓެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކްލާސްރޫމްތައް އިތުރުކޮށް، ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށް ހިދުމަތްތައް އިތުރުކުރާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *