ވ.އަތޮޅު ފަޅު ރަށެއް ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހަށިގަނޑު ފެނުނީ އެ އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން ކަމަށެވެ. އަދި އެކަން އެނގުނީ މިއަދު ހެނދުނު 09:00 ޖެހިއިރު ބަޔަކު ރިޕޯޓް ކުރުމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ އިރު ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
Post Views: 82