ސަރުކާރުގެ އާ އޮފީސް އިމާރާތް މި މަހު ހުޅުވަނީ

348506_3_beae9ebbe4f8c6b8ec7db7bab59d7b5847f73cdb_large

ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެ އިމާރާތަށް ބަދަލުކުރާ ސަރުކާރު އޮފީސްތަކުގެ ސާމާނު ބަދަލުކުރުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ނިންމައި މި މަހު 15 ގައި އެ އިމާރާތް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ އޮފީސް އިމާރާތް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *