ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި، ރައީސްއަށް ކެންޑިޑޭޓް ނަމްބަރު 3

img_md_202301160658531673834333.5988

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ތަރުތީބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް:

ކެންޑިޑޭޓް ނަމްބަރު 1، އުމަރު ނަސީރު (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަމްބަރު 2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަމްބަރު 3. އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)

ކެންޑިޑޭޓް ނަމްބަރު 4. ޑރ.މުހައްމަދު މުއިއްޒު (ޕީއެންސީ)

ކެންޑިޑޭޓް ނަމްބަރު 5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)

ކެންޑިޑޭޓް ނަމްބަރު 6. އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަމްބަރު 7. އިލްޔާސް ލަބީބް (ޑިމޮކްރެޓްސް)

ކެންޑިޑޭޓް ނަމްބަރު 8 މުހައްމަދު ނާޒިމް (އެމްއެންޕީ)

 

ރިޔާސީ އިންތިހާބުގައި މިފަހަރު 282,395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އެކި ކަންކޮޅުގައި 604 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މިފަހަރުގެ އިންތިހާބުގައި އަލަށް 27,006 މީހުން ވޯޓު ލާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *