ރައީސް ދާންދޫގައި ފެނުގެ ހިދުމަތް ފަށްޓަވައިދެއްވައި، ކޮލަމާފުށީގެ ވޮލީ ކޯޓު ހުޅުވައިދެއްވައިފި

F3KVM23acAAYYcg

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގއ.ދާންދޫގައި ފެނުގެ ހިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި، ގއ. ކޮލަމާފުށީ ފެނަކަ އޮފީހާއި ވޮލީކޯޓް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހު މި ތަންތަން ހުޅުއްވައިދެއްވައި ޚިދުމަތްތައް ފަށްޓަވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދާންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

ރައީސް ސޯލިހު މިއަދު ހުޅުވައިދެއްވި ކޮލަމާފުށީ ފެނަކަ އޮފީހަކީ މިހާރު 50 މުވައްޒަފުންގެ ޖާގައިގެ، ޖާގަ ތަނަވަސް އަދި ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމާއި ރެސްޓްރޫމް ހިމެނޭ އަދި ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތެކެވެ. ކޮލަމާފުށީގެ ވޮލީކޯޓަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *