ރައީސްގެ ވައުދު ގއ.މާމެންދޫއަށް: ހައުސިން ޔުނިޓް އަޅައި، ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރާނަން

IMG_7115

ކުރިޔަށް އޮތް ދައުރުގައި ގއ.މާމެންދޫގައި ހައުސިން ޔުނިޓް އަޅައި، ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާމެންދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި މާމެންދޫއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ރަށުގައި ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށާއި، އަދި ހެލްތު ސެންޓަރަށް ހިދުމަތްތައް އިތުރުކޮށް އެތަން 24 ގަޑިއިރަށް ބަދަލު ކުރާނެ ކަމަށެވެ.

މިއާއެކު މާމެންދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ ގޮތުން ސްކޫލަށް 8 ކްލާސް ރޫމް އިތުރުކޮށް، މަލްޓި ޕާޕަސް ހޯލެއް އަޅައިދޭނެ ކަމަށާއި، އަދި ލަސްތަކެއް ނުވެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށެވެ.

މީގެއިތުރުން މާމެންދޫ ކައުންސިލްގެ އައު އިމާރާތެއްވެސް އަޅައިދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މިތިބަ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް 9 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *