ރައީސްގެ ވައުދު މާޅެންދޫއަށް: މަގުތައް ހަދައި، ސިއްހީ މަރުކަަޒު 24 ގަޑިއިރަށް ބަދަލުކޮށްދޭނަން

IMG_7870

ކުރިޔަށް އޮތް ދައުރުގައި ނ.މާޅެންދޫގެ މަގުތައް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާޅެންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ ރައްޔިތުން އެދިފައި ވަނީ ރަށުގެ ސިއްހީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކޮށް ލެބޯޓްރީއެއް ގާއިމުކޮށްދިނުމަށް ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ދައުރުގައި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓްރީއެއް ގާއިމުކޮށްދޭނެ ކަމަށެވެ. އަދި މަގުތައް ޒަމާނީ ހަދައި، ފެން ހިންދާ ނިޒާމުވެސް ގާއިމުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދައުރުގައި މާޅެންދޫގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްފައިވާއިރު، ފުޓްސަލް ދަނޑު މަރާމާތުކޮށް ނިންމާފައިވާ ކަމަށާއި އަދި ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ޓެންޑަރ ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އަންނަަ ދައުރުގައި މާޅެންދޫގައި ޒުވާނުންނަށް ހާއްސަކޮށްގެން ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *