ރައީސްގެ ވައުދު ކުޑަފަރީއަށް: މަގުތައް ހަދައި، ބޯހިޔާވެހިކަން ހައްލުކުރަން ރޯހައުސް އަޅައިދޭނަން

IMG_8030

ކުރިޔަށް އޮތް ދައުރުގައި ނ.ކުޑަފަރީގެ މަގުތައް ހަދައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރޯހައުސް އަޅައި ދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުޑަފަރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުޑަފަރީއަކީ ބޯހިޔާވެހިކަމުގެ މައްސަލަ ބޮޑު ރަށެއް ކަމަށާއި، ކުރިޔަށް އޮތް ދައުރުގައި ރަށުގައި ރޯހައުސް އެޅުމުގެ އިތުރުން ގޯތި ހެދުމަށް ބޭނުންވާ ފަރާތްތަކަށް 10 އިންސައްތައިގެ އިކުއިޓީއެއް ނެގުމަށްފަހު 6 އިންސައްތައިގެ އިންޓްރެސްޓެއްގައި ލޯނު ދޫކުރާނެ ކަމަށެވެ.

މީގެއިތުރުން ސްކޫލް އަޕްްގްރޭޑް ކުރުމުގެ ގޮތުން ސައިންސް ލެބެއް ގާއިމުކޮށް، އައު ސިއްހީ މަރުކަޒެއް އަޅައި އެތަން 24 ގަޑިއިރަށް ބަދަލުކޮށް، ބަނދަރު ހަދަމުންދާއިރު ސާފް ޕޮއިންޓް ހިމާޔަތް ކުރާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ރަށުގައި އޭޓީއެމްގެ ހިދުމަތްވެސް ކުރިޔަށް އޮތް ދައުރުގައި ގާއިމުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *