ހަންގޭރީ ސްކޯލާޝިޕާ ބެހޭ މައުލޫތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

272863680_4770107499774910_7043161017306937086_n-850x548

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް އިންފޮމޭޝަން ސެޝަނެއް މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކެޝަންގައި ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ރާއްޖޭގައި ހުންނަ ހަންގޭރީގެ ކޮންސިޔުލޭޓް ޖެނެރަލްގެ ފަރާތުން ކުރިޔަށް ގެންދިޔަ އިންފޮމޭޝަން ސެޝަންގެ މައިގަޑު މަގްސަދަކީ ދަރިވަރުން ފުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށް ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރސް އެންޑް ޓްރޭޑް އޮފް ހަންގޭރީ އާ ދެމެދު 8 ނޮވެމްބަރ 2021 ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން 2022 ވަނަ އަހަރު ބެޗްލަރސް، މާސްޓަރސް އަދި ޑޮކްޓޯރަލް ޑިގްރީ ލެވަލް އަށް އެކި ދާއިރާ ތަކުން ދިވެހި ދަރިވަރުން ބިނާކުރުމުގެ ގޮތުން ހުޅުވާލެވުނު ސްކޮލަރޝިޕް ސްކީމެކެވެ.

މި ސްކޮލަރޝިޕްގެ ހަރަދުތައް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކަމަށާއި، އަދި މިދިޔަ އަހަރު ހުޅުވާލެވުނު 15 ފުރުސަތަށް ހޮވުނު ދަރިވަރުން މިހާރުދަނީ ހަންގޭރީގައި ކިޔަވަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އަހަރު މި ސްކޮލާޝިޕްގެ 25 ފުރުސަތަށް 65 އެޕްލިކޭޝަންވަނީ ހުށަހަޅާފައިވާއިރު، މިނިސްޓްރީއިން ނޮމިނޭޓުކުރި 25 ދަރިވަރުންނަށް ހަންގޭރީގެ 09 ޔުނިވަރސިޓީއަކުން ވަނީ ފުރުސަތުދީފައެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *