ރައީސްގެ ވައުދު މިލަދޫއަށް: މަގުތައް ހަދައި، ރޯހައުސްގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނަން

IMG_1580

ކުރިޔަށް އޮތް ދައުރުގައި ނ.މިލަދޫގެ މަގުތައް ހަދައި، ރޯހައުސްގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިލަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި މިލަދޫގެ މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށާއި، ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފްލެޓް ނުވަތަ ރޯހައުސް އަޅައިދޭނެ ކަމަށެވެ. އަދި ތަފާތު ކުޅިވަރު ކުޅެވޭނެ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް އަޅައިދޭނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއާއެކު މިލަދޫގެ ދެކުނު ފަރާތް ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރިވެޓްމަންޓް ޖަހައި އެ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ނ.އަތޮޅުން ފެންނަނީ ބޮޑު އަގުލަބިއްޔަތެއް މި ކޯލިޝަނުން ނަގާތަން ކަމަށާއި، މިގޮތުން މިލަދޫއިންވެސް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވީހާވެސް އަވަހަށް ނިކުމެ ކެންޑިޑޭޓް ނަމްބަރު 3 އަކަށް ވޯޓު ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *