ނ.މިލަދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް

IMG_1615

ނ. މިލަދޫ ކައުންސިލްގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބިއްޖެއެވެ.

މިލަދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ދެ މެންބަރުން ކަމަށްވާ މުޙައްމަދު މައުރޫފު އާއި އާއިޝަތު ނީމް މޫސާ މިއަދު އެމްޑީޕީއަށް ސޮއިކުރުމުންނެވެ.

މައުރޫފް އަދި ނީމް އެމްޑީޕީއަށް ސޮއިކުރުމަށްފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަނީ ފޯމް އަރުވާފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީއަށް ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ ސޮއިކުރަމުންނެވެ. އަދި އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކައުންސިލް މެމްބަރުންނާއި، މަޖިލިސް މެމްބަރުންވެސް އަންނަނީ ގުޅެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *