ޗައިނާގެ 3 އެއާލައިނެއްގެ ދަތުރު ރާއްޖެއަށް

Capital_Airlines_Airbus_A320-232_VIP.com_logojet_at_Beijing_Capital

ޗައިނާގެ 3 އެއާލައިނެއްގެ ދަތުރު ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ، ޗައިނާއިން ރާއްޖެއަށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ބެއިޖިންގް ކެޕިޓަލް އެއާލައިން، ޗައިނާ އީސްޓަން އެއާލައިން އަދި ހޮންގްކޮންގް އެއާލައިންއެެވެ.

ޗައިނާގެ 3 އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް:

ބެއިޖިންގް ކެޕިޓަލް އެއާލައިން: ހަފްތާއަކު ހަތަރު ދަތުރު ރާއްޖެއަށްކުރާ މި އެއާލައިނުން ބޭނުންކުރާނީ 306 މީހުންގެ ޖާގައިގެ ބޯޓުތައް

ޗައިނާ އީސްޓަން އެއާލައިން: ހަފްތާއަކު އެއް ދަތުރު ރާއްޖެއަށްކުރާ މި އެއާލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓުތައް

ހޮންގްކޮންގް އެއާލައިން: ހަފްތާއަކު ތިން ދަތުރު ރާއްޖެއަށްކުރާ މި އެއާލައިނުން ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތައް

ކޮވިޑް-19 އާ ގުޅިގެން ފާއިތުވި 3 އަހަރު ތެރޭގައި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައިސްފައނުވެއެވެ. އަދި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ މަގު ތަނަވަސްވީ ޗައިނާއިން އެގައުމުގައި އަޅާފައިވާ ކޮވިޑް-19 ގެ ފިޔަވަޅުތަކަށް ލުއިދިނުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *