މާލެ ސަރަހައްދުން ލިބޭ ގޯތީގެ ގުރުއަތު ނަގަން ފަށައިފި

F3jv0WHakAAm0BO

ބިންވެރިިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ގުރު ނެގުން ގަލޮޅު ދަނޑުގައި މިއަދު ފަށާފައިވާ ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ގުރު ނެގުމުގެ ކަންތައް ކުރިޔަށްދާނީ ހެންވޭރު ދަނޑުގައި ކަމަށެވެ.

ގުރުއަތުލުން ކުރިއަށްދާ ޓެންޓަށް ވަދެވޭނީ ހަމައެކަނި ގޯއްޗަށް އެދި ހުށަހެޅި މީހާ ނުވަތަ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އައްޔަނުކޮށްފައިވާ މީހާއަށް ކަމަށާއި، އަދި ހުރިހާ ބޭފުޅުން ވެސް ގަޑިއަށް ފަރުވާތެރިވާން ޕްލޭނިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން 18،955 ފަރާތެއް ގޯއްޗަށް ޝަރުތު ހަމަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *