ޑިމޮކްރެޓްސް ދޫކޮށް މެމްބަރު ޔާސިރު އަދި މޭޔަރު އާތިފް އެމްޑީޕީއަށް!

372424_3_c49d1924f486681bf55fdceb5044159be6453912_large (1)

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން އެ ކައުންސިލްގެ ތިން މެމްބަރުންް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރު ޔާސިރު އާއި މޭޔަރު އާތިފްގެ އިތުރުން ތިން ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރުމާއެކު ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ލިބިފައެވެ.

މެމްބަރު ޔާސިރު އާއި މޭޔަރު އާތިފްގެ އިތުރުން އަދި 3 ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަލީ އަހުމަދުވެސް ވަނީ އެނބުރި ޕާޓީއާ ގުޅިފައެވެ.

އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ އިތުރު ކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި އަދި ޑިމޮކްރެޓްސްގެ މެމްބަރުންވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *