ފުއްގިރި މައްސަލައިގައި ޔާމީންގެ އަޑުއެހުމެއް ބާއްވައިފި

ކުރީގެ ރައީސް ޔާމީން

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފިއެވެ.

ވ.އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި، މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެފައިވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން އަންނަ ޔާމީން މިއަދު ބޭއްވި އަޑުއެހުމުގައި ބައިވެރިވެފައި ވަނީ އޮންލައިންކޮށެވެ.

މިއަދުގެ އަޑު އެހުމުގައި މައްސަލައާ ގުޅޭގޮތުން އިތުރު ހެކިތައް ލިބިފައިވާ ކަމަށް ދައުލަތުން އަދި ދިފާއުން އެދިފައިވާތީ ގާޒީ ވަނީ އެ ހެކިތައް ހުށަހެޅުމައް ފުރުސަތު ދީފައެވެ.

ނަމަވެސް ގާޒީ ވިދާޅުވެފައި ވަނީ ހެކިތައް ބަލައިގަންނަން ނިންމާނީ އިތުރަށް ބެލުމަށްފަހު ކަމަށެވެ. މި މައްސަލައިގައި ދެން އަޑު އެހުމެއް އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *