ރައީސްގެ ވައުދު އުކުޅަހަށް: ފްލެޓް އަޅައި، ހުރިހާ މަގެއް ހަދައި ގަލަގިލި ފަޅުގައި ޕިކްނިކް އައިލޭންޑެއް

DSC_2770

ކުރިޔަށް އޮތް ދައުރުގައި އއ.އުކުޅަހުގެ ހުރިހާ މަގެއް ހަދައި، ފްލެޓް އަޅައި، ގަލަގިލި ފަޅުގައި ޕިކްނިކް އައިލޭންޑެއް ތަރައްގީކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އއ.އުކުޅަހުގައި ކުރިޔަށްދިޔަ އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އުކުޅަސް ރައްޔިތުން އެންމެ ބޭނުންވީ ބިން އިތުރުކޮށްދިނުމާއި، މަގު ހެދުން ކަމަށާއި، އެ ދެ ކަންތައްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށެވެ.

އުކުޅަހުގެ ބައެއް މަގުތައް ސަރުކާރުން މިހާރުވެސް ހަދަމުންދާކަން ފާހަގަަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށުގައި ބާކީ ނަހަދާ ހުރި ހުރިހާ މަގެއްވެސް ކުރިޔަށް އޮތް ދައުރުގައި ހަދާނެ ކަމަށާއި، އަދި ރަށުގެ ރައްޔިތުން ބޭނުން ޖެހިފައި އޮތް ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރަށުގައި ފްލެޓް އަޅާނެ ކަމަށެވެ. އަދި ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތަރައްގީކޮށްދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އުކުޅަހުގައި ކައުންސިލް އޮފީހެއް ހިމެނޭ ގޮތަށް އޮފީސް ކޮމްޕްލެކްސްއެއްގެ އިތުރުން މިސްކިތަކާއި، ރަށް ކައިރީގައި ސީ ޕްލޭން ޕްލެޓްފޯމެއް އަޅައިދޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *