އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރު ކެންސަލްކޮށްފި

IMG_9904

އާލާސްކަންފުޅާ އުޅުއްވާތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ އަދި އަދ އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު އއ އަދި އދ އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުގައި މިހާތަނަށް އއ.އަތޮޅުގެ ހަތް ރަށަށް ގޮސްފައިވާއިރު، މިހާރު ނުދެވި އޮތީ އެ އަތޮޅުގެ ހިމަންދޫއަށް އެކަނިއެވެ.

ރައީސްގެ ދަތުރު ރޭވިފައި މިއަދު ރޭވިފައި އޮތީ ހިމަންދޫއަށް ވަޑައިގެންނެވުމަށްފަހު، އދ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ދަތުރު ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ސޯލިހު ވަނީ ހއ, ށ, ނ, ވ, މ, ދ އަދި ގއގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި ކ އަތޮޅުގެ ބައެއް ރަށްތަކާއި, އއ. ހިމަނދޫ ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށްތަކާއި, ގދ. ތިނަދޫ ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ފުވައްމުލަކަށް ވެސް ވަޑައިގެންނެވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *