އައްޑޫ އާއި ފުވައްމުލަކުގައި އާރްޓީއެލް ފެރީ ފަށައި، ގއ އަދި ގދ އަތޮޅާ ގުޅާލައިފި

F3ywCyVagAEZd10

ދިވެހިރާއްޖެ ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށައި، ޒޯން 5 ގައި ހިމެނޭ ގއ އަދި ގދ އަތޮޅާއި ހައިވޭލިންކް އަކުން ގުޅާލައިފިއެވެ.

އެމްޓީސީސީން ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އައްޑޫ އާއި ފުވައްމުލަކުގައި އަލަށް ފެށި އާރްޓީއެލްގެ ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށާއި، ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށެ، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަށްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، 25 އޯގަސްޓް 2023 އިން ފެށިގެން އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުން އަގު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށެވެ.

މީގެއިތުރުން ރަސްމީކޮށް ދަތުރު ފަށާ ދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަންވާނީ މި ކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕުން ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ޒޯން 5 އަދި ޒޯން 6 ގައި އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުގެ ޚިދުމަތް ހަފުތާއަކު ހަތް ދުވަހ،ު އާރްޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށ،ް ދެ ރޫޓަކުން ލިބިވަޑައިގަންނަވާނެ ކަމަށާއި، އާރްޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި އާއާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *