ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، އަމާޒުގެ %65 ހާސިލްވެއްޖެ

1234

ރާއްޖެއަށް މި އަހަރު 1.16 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ކަނޑައެޅި އަމާޒުގެ 65 އިންސައްތަ ހާސިލްވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 1.16 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރި 1.8 މިލިއަން ފަތުރުވެރިންގެ 65 އިންސައްތަ ވަނީ ހާސިލްވެފައެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާއިރު، އެވްރެޖުކޮށް މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވަނީ 13.8 އިންސައްތަ އިތުރުވެފައެވެ. އަދި އޯގަސްޓް މަހު ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ 17 އިންސައްތަ އިތުރުވެފައެވެ.

މީގެއިތުރުން ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 7.7 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *