ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުން ކަނޑުމައްޗަށް ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން މާލެއިން ފެނުނު މީހާގެ މައްޗަށް ބަންގްލަދޭޝް މީހާ މަރާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45 އެވެ. އޭނާ ފެނުމާއެކު ފުލުހުން ވަނީ މިއަދު އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ޓުވީޓްވެސް ކޮށްފައެވެ.
ނަމަވެސް، ފަހުން ފުލުހުން ވަނީ ނިޒާމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، މަރާލި ކަމުގެ ތުހުމަތު ކޮށްފައެވެ.
Post Views: 36