ދިވެހިންނަށް މިހާރު ވިސާ ނުނަގައި ކިރްގިސްއަށް ދެވޭނެ!

big_4NelelsV04XMwVdVbGVoh8PpJ

ދިވެހިންނަށް ވިސާ ނުނަގައި ކިރްގިސް ރިޕަބްލިކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކިރްގިސް އާއި ރާއްޖެއާ ދެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުން ކިރްގިސްއަށް ވިސާއާ ނުލައި ގިނަވަގެން 30 ދުވަހުގެ މުއްދަތަކަށް ދިވެހިންނަށް މިހާރު ދެވޭނެ ކަމަށެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ، ތައުލީމު ހާސިލުކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް 30 ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ކިރްގިސް އަށް ދާ ދިވެހިން އެކަމާ ގުޅޭ ވިސާ ދުރާލައި ނަގަންޖެހޭނެ ކަމަށެވެ.

ދިވެހި ޕާސްޕޯޓްގައި 95 ގައުމަށްވުރެ ގިނަ ގައުމަށް ވިސާ ނުނަގައި ދަތުރު ކުރެވޭއިރު، އޭގެ ތެރޭގައި ޗައިނާ، އިނގިރޭސިވިލާތް އަދި ރަޝިއާ ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *