އައިއޯއައިޖީގައި ވާދަކުރާ އެތުލީޓުންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

315252_a2f93c11-1_

އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އައިއޯއައިޖީ 2023 ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ. .

މިއަދު ސޯޝަލް ސެންޓަރުގައި އޮތް މި ރަސްމިއްޔާތުގައި ވަނީ އައިއޯއައިޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިއުލާންކުރައްވާފައެވެ. ފްލޭގް ބެއަރަރސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ ޢަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ފްލޭގް ޙަވާލުކޮށްދެއްވާފައިވެއެވެ.

ކުޅުންތެރިން އުފައްދައި، ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ.

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 3 ގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިޔަށްގެންދާ އައިއޯއައިޖީ 2023ގައި ރާއްޖެއިން ޖުމްލަ 176 ކުޅުންތެރިން ވާދަކުރެއެވެ. އަދި މިފަހަރު ޖުމްލަ 9 ކުޅިވަރަކާއި ޔޫތްކޭންޕުގައި ރާއްޖެއިން ބައިވެރިވާއިރު އައި.އޯ.އައި.ޖީގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިންގ، ބާސްކެޓް ބޯލް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *