ރައީސްގެ ވައުދު ފެހެންދޫއަށް: ރޯހައުސްގެ އިތުރުން ކޮމިއުނިޓީ ސެންޓަރެއް އަޅައިދޭނަން

IMG_1369

ކުރިޔަށް އޮތް ދައުރުގައި ބ.ފެހެންދޫގައި ރޯހައުސްގެ އިތުރުން ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފެހެންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން އެދޭ މިންވަރަށް ރަށުގައި ރޯހައުސް އަޅައިދޭނެ ކަމަށާއި، އަދި ރަށުގެ ޒުވާނުންނާއި އާންމުންނަށް އެއްކޮށް ގޮސް ކުޅިވަރު ކުޅެވޭނެ ކޮމިިއުނިޓީ ސެންޓަރެއް ތަރައްގީ ކޮށްދޭނެ ކަމަށެވެ.

ފެހެންދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ކުރިޔަށް އޮތް ދައުރުގައި ސިއްހީ މަރުކަޒަށް ހިދުމަތްތައް އިތުރުކޮށް، ލެބޯޓްރީއެއް ގާއިމުކުރާނެ ކަމަށާއި، އަދި ޑިންގީ އާއި ކުދި ދޯނި ފަހަރަށް ކައިރި ކުރެވޭ ގޮތަށް ފްލޯޓިން ޖެޓީއެއްގެ އިތުރުން ކުޑަކުރިންގެ ޕާކެއް އަޅައިދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ރަށުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ރަށް ކައިރީގައި ޓޫރިޒަމްއަށް ރަށެއް ތަރައްގީ ކުރުމަށް ހުޅުވާލާނެ ކަމަށާއި، އޭގެ ސަބަބުން ފުޅަދޫ، ގޮއިދޫ އަދި ފެހެންދޫއަށް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *