ރައީސްގެ ވައުދު ކިނޮޅަހަށް: މަގުތައް ހަދައި، އިންޑޯ ސްޕޯޓްސް ހޯލެއް އަޅައިދޭނަން

IMG_3552

ކުރިޔަށް އޮތް ދައުރުގައި ރ.ކިނޮޅަސްގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ރަށުގައި އިންޑޯ ސްޕޯޓްސް ހޯލެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކިނޮޅަހަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި ކިނޮޅޮހުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ވަސީލަތްތަކާއެކު އިންޑޯ ސްޕޯޓްސް ހޯލެއް އަޅައިދޭނެ ކަމަށެވެ.

މީގެއިތުރުން ކިނޮޅޮހުގައި އައު ކައުންސިލް އިމާރާތެއް ހަދައި، ސްކޫލް އަޕްގްރޭޑް ކުރުމުގެ ގޮތުން މަލްޓި ޕާޕަސް ހޯލެއް އަޅައި އަދި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތެއް އަޅައި ހިދުމަތްތައް އިތުރުކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *