އައިސީސީއާރުގެ ދަށުން 6 ދަރިވަރުންނަށް ސްކޮލަޝިޕް ދީފި

7284e5ce-87ba-4135-8e8b-0d9a4728e3f8

މަތީ ތައުލީމަށް ކިޔެވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) 6 ސްކޮލަޝިޕް ދީފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ސްކޮލަޝިޕްދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރ މުނު މަހާވަރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

އައިސީސީއާރުގެ ދަށުން ސްކޮލަޝިޕް ލިބުނު ދަރިވަރުން:
1.    ޝައުކަތު އަބްދުﷲ : އެމް.އެސް ސައިބަރ ސެކިއުރިޓީ އެޓް އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގޯއާ، ޕީޖީ
2.    މުހައްމަދު އީމާން: އެން.އެފް .އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ، ޕީޖީ
3.    އަބްދުﷲ ރާމިހް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
4.    ސާމް ސައީދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
5.    ހުޒާމަތު އަހުމަދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
6.    ފާތިމަތު ޔަމާނީ ހަބީބް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ

މި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އިތުރު ތައުލީމު ހޯދުމަށް އިންޑިއާ އަކީ ރަނގަޅު ގައުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި ހާއްސަކޮށް ސައިންސާއި އިންޖިނިއަރިންގ އަދި އާޓްސްގެ ދާއިރާއިން އިންޑިއާއަކީ އެހެން ގައުމުތަކަށް ނަމޫނާ ގައުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކިޔަވުން ނިންމުމަށްފަހު އެނބުރި ގައުމަށް އައިސް ކިޔެވި އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށާއި ސްކޮލަޝިޕްތަކުގެ އިތުރުން ކިޔެވުމުގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ދެމުން ގެންދާކަމަށެވެ. އަދި ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް މަރުހަބާ ދެންނެވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *