ޕީޕީއެމް ހުޅުމާލެ ދާއިރާ ނައިބްރައީސްގެ އިތުރުން ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ

F4ZNdzAaAAA44rC

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ނައިބްރައީސް އަހުމަދު އަޒީލްގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅިއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި އަޒްލީލް އެމްޑީޕީއަށް ސޮއިކުރި މެމްބާޝިޕް ފޯމް ހަވާލުކުރައްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާއެވެ. އަދި ހުޅުމާލެއިން އެމްޑީޕީއާ ގުޅުނު 500 އަށްވުރެ ގިނަ މެމްބަރުންގެ މެމްބާޝިޕް ފޯމްވެސް ރޭ ޗެއާޕާސަންއާ ވަނީ ހަވާލުކޮށްފައެވެ.

އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ޕާޓީއާ ގިނަ ބަޔަކު ގުޅެމުން އަންނައިރު، އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި އަދި އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *