ރައީސް ސޯލިހުއަށް ޅ.ކުރެންދޫއިން ހޫނު މަރުހަބާއެއް

xx

މި މަހު 28 ވަނަ ދުވަހުން އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ޅ.ކުރެންދޫއަށް ރައީސް ސޯލިހު ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޅ.އަތޮޅަށް ރައީސް ސޯލ؛ިހު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ކުރެންދޫ ކަމަށްވާއިރު، ދެން އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ޅ.ނައިފަރަށެވެ. އަދި ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ މިއަދުގެ އެންމެ ފަހު މަންޒިލަކީ ޅ.ހިންނަވަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު ވަނީ އިއްޔެ ނ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ނ.މިލަދޫއަށްވެސް ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *