މާލޭގެ ރައްޔިތުންނަށް ވައުދުވީ 5،000 ގޯތި މި އަހަރު ހަވާލުކުރަނީ

ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ރައީސް ސޯލިހު ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5،000 ގޯތި ކަނޑާ، އިން ވަކިކޮށް މި އަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދަކީ މި ސަރުކާރުން ވީ އެންމެ ބޮޑު ވަޢުދުކަމަށެވެ. އެ ވަޢުދާއެއްގޮތަށް 16،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ތެރޭގައި ފްލެޓާއި، ރޯހައުސްތަކާއި، ގޯތި ދިނުމުގެ މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މާލޭ ސަރަޙައްދުގައި އެކަނިވެސް 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *