ރައީސްގެ ވައުދު ކުނަހަންދޫއަށް: ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޓާފް ދަނޑަކާއި ވޮލީ ކޯޓެއް

IMG_1489

އަންނަ ދައުރުގައި ލ. ކުނަހަންދޫގައި ލެބޯޓަރީއެއް އަޅައި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ބަނދަރުގެ މައްސަަލަ ހައްލުކޮށް، ޓާރފް ދަނޑަކާއި ވޮލީ ކޯޓެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކުނަހަންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަރުކާރުން އަހަންމިއްޔަތު ކަން ދޭކަމުގެ ވާހަކަ ތަކުރާރުކުރައްވާފައެވެ. ކުނަހަންދޫގައި ކުރިން ނުދީ ހުރި އެތައް ހިދުމަތްތަކެއްގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކުނަހަންދޫއާއި ހިތަދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވާކަމަށާއި އެ މަސައްކަތް އަންނަ ދައުރުގައި ނިމޭނެ ކަމަށެވެ. އަދި، ކުނަހަންދޫގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެކްސްޓެންޝަން އިމާރާތަކާއި، ލެބޯޓަރީއަކާއެކު އެތަނުން ލިބޭ ހިދުމަތްތައް އިތުރުކޮށް، ބަނދަރުގެ މައްސަލަ ހައްލުކޮށް، ޒުވާނުންނަށް ޓާރފް ފުޓްބޯޅަ ދަނޑަކާއި ވޮލީކޯޓެއް އަޅައި ދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރާއްޖެއަށް މި އަންނަ ހެޔޮ ބަދަލު ގެނެވޭނީ މިގޮތުގައި ކުރިއަށް ގޮސްގެންކަމަށާއި، އެނބުރި އެ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމަށް ރައްޔިތުން ބޭނުންނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުނަހަންދޫގެ ރައްޔިތުންވެސް ތިބީ އުފާވެރި އަމާންރާއްޖެއެއް ހާސިލްކުރުމުގެ އަމާޒުގައިކަން ފެންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *