ހަންގޭރިއަށް ސްކޮލާޝިޕްގައި ފުރާ ދަރިވަރުންނަށް ހަފްލާއެއް ބާއްވައިފި

0fecdff4-8de9-4f1e-9950-bd5e6f8a03ab

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް 2022 އަށް ހޮވުނު ފަރާތްތަކުގެ ސެންޑް-އޯފް ހަފްލާއެއް 28 އޯގަސްޓް 2023 ވީ ހޯމަ ދުވަހު ހޮޓެލް ޖެންގައި ބާއްވައިފިއެވެ.

މި ހަފްލާއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ކޮންސުލޭޓް ޖެނެރަލް އޮފް ހަންގޭރީ އިން ދަ މޯލްޑިވްސް ގުޅިގެން ބޭއްވުނު ހަފްލާއެކެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކިޔަވަންގޮސް ތިބޭއިރު ދަރިވަރުން ސަމާލުވާންޖެހޭ ބައެއް ކަންކަން ފާހަގަކުރައްވައި، މިގޮތުން އަބަދުވެސް އިސްލާމްދީނުގެ ހަރުދަނާ އުސޫލުތަކުގައި ހިފެހެއްޓުމަށާއި، ދިވެއްސަކަށްވީތީ ފަހުރުވެރިވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮންސުލޭޓް ޖެނެރަލްގެ ވާހަކަފުޅުގައި ދަރިވަރުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް، ހާއްސަގޮތެއްގައި ވިސާގެ ކަންތައް ހަމަޖެއްސުމުގައި ވަރަށް ގާތުން މަސައްކަތްކުރައްވާކަމާއި އެކަން ހަމަޖެހޭނޭކަމުގެ ޔަޤީންކަން ދަރިވަރުންނަށް ދެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި އެކީ ވަރަށް ގާތުން ވަރަށް ގުޅިގެން މަސައްކަތްކުރައްވާކަމާއި އަދިވެސް ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއްރސް އެންޑް ޓްރޭޑް އޮފް ހަންގެރީ އާ ދެމެދު 8 ނޮވެމްބަރ 2021 ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން 2022 ވަނަ އަހަރު ބެޗްލަރސް، މާސްޓަރސް އަދި ޑޮކްޓޯރަލް ޑިގްރީ ލެވަލް އަށް އެކި ދާއިރާ ތަކުން ދިވެހި ދަރިވަރުން ކިޔެވުމުގެ ގޮތުން ހުޅުވާލެވުނު ސްކޮލަރޝިޕް ސްކީމެވެ.

މި ސްކޮލާޝިޕްގެ ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލާޝިޕް އިންތިޒާމް ކުރައްވާފަރާތުންނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންނެވެ. މި އަހަރު ޖުމްލަ 25 ފުރުޞަތަށް ހުޅުވާލެވެނުއިރު 65 އެޕްލިކޭޝަންވަނީ ހުށަހަޅާފައިވާއިރު، މީގެތެރެއިން 25 ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގޭރީގެ 8 ޔުނިވަރސިޓީ އަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *