ފިޔޯރީ ސްކޫލުގެ ބައު އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް

big_gHsW1xNM0HEUoZEuwry9vEzox

ގއ.ފިޔޯރީ ސްކޫލްގެ ބައު އިމާރާތުގައި ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ތިނަދޫއިން ފިޔޯރީއަށް ދިއުމަށް 45 ވަރަކަށް މިނިޓް ހޭދަވާނެ ކަމަށެވެ.

އަލިފާން ރޯވި އިމާރާތުގައި 5 ކްލާސް ރޫމް ހުރެއެވެ. އޭގެ ތެރެއިން 3 ކްލާސް ރޫމަކީ ދަރިވަރުން ކިޔަވާ ކްލާސް ރޫމްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި ފިޔޯރީ ސްކޫލްގައި ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *